ދިވެހި ހަފްތާގެ ހަރަކާތްތައް ނިންމުމުގެ ރަސްމިއްޔާތު 2016

Posted 5/28/2016

ހއ.އަތޮޅު ތައުލީމީ މަރުކަޒުގެ 2016 ވަނަ އަހަރު ދިވެހި ކުލަބުގެ ފަރާތުން ހިންގުނު ދިވެހި ހަފްތާގެ ހަރަކާތްކަކުގެ ނިމުން ރޭ ފާހަގަކޮށްފިއެވެ. މިރަސްމިއްޔާތު އޮތީ ހއ.ދިއްދޫ ވައިލެޓް މާލަމުގައެވެ. މި ހަފްލާގެ ޝަރަފުވެރި މެހުމާނަކީ ހއ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖާ ހެލްތް ސާވިސަސް އަލްފާޟިލް މުޙައްމަދު ހަސަނެވެ. މި ހަފްލާގައި ދިވެހި ކުލަބުގެ ފަރާތުން މިއަހަރ ހިންގުނު އެކިއެކި ހަރަކާތްތަކުގައި ބައިވެރިވެ ވަނަވަނަ ހާސިލުކުރި ހުރިހާ ދަރިވަރުންނަށް ތައްޓާއި ހަނދާނީ ލިޔުން ހަވާލުކުރެވުނެވެ. މީގެ އިތުރުންވެސް ދަރިވަރުންގެ އެކިއެކި ހަރަކާތްައް ކުރިއަށް ގެންދެވުނެވެ